2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް އެބަދޭ (21 ޑިސެމްބަރ 2010)

2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ބައްދަލުވުންތައް މިއަދުވެސް ކުރިއަށް އެބަދެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން މިހާތަނަށް ދައުލަތުގެ އެކިއެކު މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ ބަޖެޓާ ބެހޭ ގޮތުން ވަނީ ސުވާލުކުރައްވާފައެވެ.

މިއަދުގެ މެންދުރުފަހާ ހަމައަށް ކޮމިޓީގެ 10 ބައްދަލުވުން މިހާތަނަށް ބާއްވަވާފައިވެއެވެ. އަދި މިއަދުގެ މެންދުރުފަހާއި މިރޭވެސް ބައްދަލުވުންތައް ކުރިއަށްދާނެއެވެ.

ކޮމިޓީން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުުގެ ރައީސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އާއެކު ކަނޑައަޅުއްވާފައިވާ ތާރީޚަށް ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމެވުމަށެވެ.

ބަޖެޓް ކޮމިޓީގެ މުޤައްރިރަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމެވެ.