ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މރ. އެންޑްރޫ ކޮކްސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާއި މަޖިލިސް ކުރާ ގޭގައި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ޝަރުއީ ނިޒާމް ހަރުދަނާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެހީތެރިކަން ފޯރުކޮށްދެއްވިދާނެެ ބައިނަލްއަޤްވާމީ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިކަން މރ. އެންޑްރޫ ކޮކްސް އޮޅުންފިލުއްވިއެވެ.