ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްޕުޅެއް ކޮށްދެއްވުމަށް މުޤައްރިރުންގެ އަރިހުން ރިޔާސަތުން އެދިވަޑައިގެންފި (22.11.2010)

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރު މިއަހަރުގެ ޑިސެމްބަރމަހުގެ 31 ގައި ނިމޭނެތީ، ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަލުވިކުރެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްޕުޅެއް ކޮށްދެއްވުމަށް ކޮމިޓީތަކުގެ މުޤައްރިރުންގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ ދައުރު ނިމުމުގެ ކުރިން މަޖިލީހުގެ ކުރިމަތީގައިވާ މުހިއްމު މަސައްކަތްތައް ނިންމެވުމަށް ހުރިހާ ޢިއްޒަތްތެރި މެންބަރުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި މިކަން ކުރެއްވުމަށް މުޤައްރިރުންގެ އިސްނެންގެވުން ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.