ސްރީލަންކާގެ ރައީސް ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފި (21.11.2010)

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހުގައެވެ.

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ވެރިރަށް ކޮޅުނބުގައެވެ.