ކުރިއަށް ގެންދެވޭގޮތްނުވުމުން މިއަދުގެ ޖަލްސާވެސް ނިންމަވާލައްވައިފި (02.11.2010)

ނިޒާމާ ބެހޭ މައްސަލަތަކެއްގެ އޮއިވަރުގައި ޖެހިގެން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 12 ވަނަ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވުމުން، ޖަލްސާ ނިންމަވާލައްވައިި 8 ނޮވެމްބަރު 2010 ވާ ހޯމަ ދުވަހު ދެންއޮންނަ ޖަލްސާއެއް ބޭވުމަށް ރިޔާސަތުން ނިންމަވައިފި އެވެ.
މިއަދުގެ ޖަލްސާ ރިޔާސަތުން 09:09 ގައި ނިންމަވާލެއްވިއިރު އެޖެންޑާކުރެވިފައިވާ އެއްވެސް އައިޓަމެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މަޖިލީހުގެ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގަން ފެށީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރިޔާސަތުން މިއަދުވެސް ހުށަހެޅުއްވުމާއި ގުޅިގެންނެވެ.
ރިޔާސަތުން ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ ކުރީ ދުވަހުވެސް މަޝްވަރާކުރެވުނުކަމަށާއި އަދި އެމަޝްވަރާތައް ކުރިއަށް ގެންގޮސް މިހާރު ދިމާވެފައިމިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށްޓަކައި ޕާޓީތަކުގެ އިސްބޭފުޅުންގެ މަޝްވަރާތަކަށް ފުރުޞަތު ދިނުމަށްޓަކައި މިއަދުގެ ޖަލްސާވެސް ނިންމަވާލެއްވީ ކަމުގައި ވިދާޅުވިއެވެ.