ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ މަޝްވަރާކުރައްވަން ނިންމަވައި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި (01.11.2010)

މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގައި ރައްޔިތުންގެ މަޖިލީހުގެެ 3 ވަނަ ދައުރުގެ 11 ވަނަ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވުމުން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
މަޖިލީހުގެ މެންބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގަން ފެށީ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރިޔާސަތުން ހުށަހެޅުއްވުމާއި ގުޅިގެންނެވެ.
ރިޔާސަތުން ނިންމެވީ މި މައްސަލަ ތަޅުމުގައި އިތުރަށް ހޫނު ކުރެއްވުމުގެ ފުރުޞަތު ނުދެއްވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާ މަޝްވަރާކުރައްވައިގެން ގޮތެއް ނިންމެވުމަށެވެ.