ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވައިފި (17.10.2010)

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮމަންވެލްތް ސެކްރެޓެރީ ޖެނެރަލް މރ. ކަމަލޭޝް ޝަރުމާ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރެވެމުންދާ މަސައްކަތްތައް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލަށް އޮޅުންފިލުވާ ދެއްވައި، އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙު މިވަގުތު އޮތް ގޮތާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް ދަތިތައް ހުރިކަމަށާއި އެކަންތައްތައް އޮޅުންފިލުއްވާ ދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތް ސެކްރެޓެރީ ޖެނެރަލް ވަނީ ރައްޔިތުންގެ މަޖިލީހަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް މަޖިލީހުގެ ރައީސްގެ އަރިހުން އޮޅުންފިލުއްވި އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއެޓްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.