ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލް ތަޞްދީޤުކުރުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވައި (10.10.2010)

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލު ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ތަޞްދީޤުކުރުމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހުން ހާސްކުރައްވާފައިވަނީ 4 އޮކްޓޯބަރ 2010 ވީ ހޯމަދުވަހު ބޭއްވުނު މިއަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ)ގައި ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއް، ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާއަށް ފޮނުވާން ވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.