16 އެޕްރީލް 2019
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު (ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށެހެޅުއްވުމެވެ. ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވައިދެއްވީ ގަވާއިދު ކޮމިޓީގެ މުޤައްރިރު، މާފަންނު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިމްތިޔާޒު ފަހުމީއެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން އެ ރިޕޯޓް ވަނީ ފާސްކުރައްވާފައެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމަވާފައިވާ 30 އޮޑިޓް ރިޕޯޓް ހުށަހަޅުއްވައި މަޖިލީހުން ފާސްކުރެއްވިއެވެ. އެ ރިޕޯޓުތައް މަޖިލީހަށް ހުށަހެޅުއްވައިދެއްވީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު، ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙުމަދު ނާޝިދުއެވެ.
މިއަދު ފާސްކުރެއްވި ރިޕޯޓްތަކުގެ ތެރޭގައި ހިމެނެނީ:
1. ކ.މާފުށި ޖަލުގެ ވަށައިގެން ފެންސް ޖެހުމާއި ގޭޓް ހައުސް ހެދުމުގެ މަޝްރޫޢާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓު
2. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
3. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
4. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
5. ދިވެހިރާއްޖޭގެ ހައިކޯޓްގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
6. މާލެއަތޮޅު ހުރާ ކައުންސިލްގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
7. މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
8. ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
9. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
10. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
11. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
12. ކުރީގެ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ 2007 ވަނަ އަހަރުގެ އަހަރީ
އޮޑިޓް ރިޕޯޓު
13. ކުރީގެ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
14. މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2007 ވަނަ އަހަރުގެ އަހަރީ
އޮޑިޓް ރިޕޯޓު
15. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
16. ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
17. ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
18. އިލެކްޝަންސް ކޮމިޝަނުގެ 2007 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
19. ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ 2007 އަދި 2008 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓު
20. ފާދިއްފޮޅު ކުރެންދޫ ކައުންސިލުގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
21. ވޯލްޑް ބޭންކް ލޯނު އެހީގެ ދަށުން ހިންގަމުންދާ “މޯލްޑިވްސް އެންވަޔަރަމަންޓަލް އެނަރޖީ ޕްރޮޖެކްޓް” ގެ 2013ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
22. ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
23. ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
24. މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
25. މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
26. ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
27. ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހިންގަމުންދާ “ކްލީން އެނަރޖީ ފޮރ ކްލައިމެޓް މިޓިގޭޝަން ޕްރޮޖެކްޓް” ގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު
28. ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
29. އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލް އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
30. ނިލަންދެ އަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާގެ 2012 ވަނަ އަހަރުގެ ޚާއްޞަ އޮޑިޓް ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 17 އެޕްރީލް 2019 ވާ ބުދަ ދުވަހުގައެވެ.