އިސްކަންދަރު ސްކޫލްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތްކޮށްފި (19.9.2010)

އިސްކަންދަރު ސްކޫލްގެ ގްރޭޑް 5 ގެ 35 ދަރިވަރަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ޒިޔާރަތްކޮށްފިއެވެ. މިޒިޔާރަތުގައި ދަރިވަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ރައްޔިތުންގެ މަޖިލިސް އާއި ގުޅޭގޮތުން މައުލޫމާތު ހޯދާފައެވެ.
އިސްކަންދަރު ސްކޫލްގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތް ކޮށްފައިވަނީ މިސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރުންނަށް ހިންގާ ” ޗެލެންޖް ވީކް 2010 ” ޕްރޮގްރާމްގެ ދަށުންނެވެ.