2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ 7 ފެބުރުއަރީގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފި

10 ޖެނުއަރީ 2019

_DSC0052-Pano

2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ 7 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

މިޖަލްސާ އޮންނާނީ ދަރުބާރުގޭގައެވެ. ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދަނީ ކުރަމުންނެވެ.