ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް އިންޓަރ – ޕާލަމެންޓަރީ ޔޫނިއަން (އައި. ޕީ. ޔޫ.) ގެ ސެކްރެޓަރީ ޖެނެރަލް މރ. މާޓިންގ ޗުންގޮންގ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި އައި. ޕީ. ޔޫ. އިން ކުރިއަށް ރާވާފައިވާ ބައްދަލުވުންތަކާއި، މަޖިލީހަށާއި މަޖިލީހުގެ އިދާރާއަށް އައި. ޕީ. ޔޫ. ގެ ފަރާތުން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރަށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު ބައިވެރިވެވަޑައިގަތެވެ.
10 ރަބީޢުލްއައްވަލް 1440
18 ނޮވެންބަރު 2018