ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޔޫ. އެން. ޑީ. ޕީ. ގެ ރެސިޑެންޓް ކޯޑިނޭޓަރ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

_DSC5383ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމްގެ އަރިހަށް ޔޫ. އެން. ޑީ. ޕީ. ގެ ރެސިޑެންޑް ކޯޑިނޭޓަރ މިސް ޝޮކޮ ނޯޑާ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި ޔޫ. އެން. ޑީ. ޕީ. އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އަދި މަޖިލީހުގެ އިދާރާއަށް ފޯރުކޮށް ދެވިދާނެ މާލީ އަދި ފަންނީ އެހީތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރަށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާގޮތާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.

13 ރަބީޢުލްއައްވަލް 1440
21 ނޮވެންބަރު 2018