މިއަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާ މިއަދު ބާއްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ތ. ހިރިލަންދޫގެ ބިންހިއްކުމުގެ މަޝްރޫޢު އޮތް ހިސާބެއް އޮޅުންފިލުއްވައިދެއްވުމަށް އެދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާ ސުވާލުކުރައްވައިފިއެވެ. މިނިސްޓަރާކުރެވުނު ސުވާލަށް މިނިސްޓަރ ދެއްވާ ޖަވާބު ދެއްވައިނިމުމުން، އިތުރު ސުވާލު ކުރުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ. މިގޮތުން، ހުޅުވާލެވުނު ފުރުޞަތުގައި މެންބަރުން 20 ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާއަށްވަނީ ކުއްލި މައްސަލައެއް ހުށައެޅިފައެވެ. މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، މަތިވެރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙަންމަދު ހުށައެޅުއްވި ކުއްލި މައްސަލަ ބަހުސްކުރުމަށް މަޖިލީހުން ފާހެއްނުވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 12 ޖޫން 2017 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

12 ރަމަޟާން 1438

7 ޖޫން 2017