މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ކިނބިދޫ ދާއިރާގެ މެންބަރު ސުވާލުކުރެއްވުން

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި، ތ. ވަންދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުންފިލުއްވައިދެއްވުމަށް އެދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހިމްއާ ސުވާލުކުރައްވައިފިއެވެ. މިނިސްޓަރާކުރެވުނު ސުވާލަށް މިނިސްޓަރ ދެއްވާ ޖަވާބު ދެއްވައި ނިމުމުން އިތުރު ސުވާލު ކުރުމަށް  ހުޅުވާލެވުނު ފުރުޞަތުގައި މެންބަރުން 14 ސުވާލުކުރެއްވިއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 07 ޖޫން 2017 ވާ ބުދަ ދުވަހު ހެނދުނު 10:30 ގައި ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

11 ރަމަޟާން 1438

6 ޖޫން 2017