އުއްތަމަފަނޑިޔާރުގެ މަޤާމަށް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އިސްކުރެވުނު ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަހުނިޔާ ދަންނަވައިފި

އުއްތަމަފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙުމަދު ފާއިޒް ޙުސައިން ވައިޖެހޭގެ / ހދ. ވައިކަރަދޫ އިސްކުރެއްވުމާއި ގުޅިގެންނާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޤާމަށް އައްޝައިޚް ޢަބްދުﷲ ޢަރީފް ނޫރާނީމާގެ / އއ. ތޮއްޑޫ، އަލްއުސްތާޛު ޢަލީ ޙަމީދު މުޙަންމަދު، މާލެހިޔާ 2 03-14، އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲ ފަށުވިމާގެ / ލ. މާވަށު، އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ދަފްތަރު 4040، އަދި ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީ ކޯޒީރައުންޑް، ސ.ހިތަދޫ އިސްކުރެވުމާއި ގުޅިގެން އެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އުއްތަމަފަނޑިޔާރަށާއި ސްޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި އެބޭފުޅުންނަށް މުބާރިކްބާދީ ދަންނަވައި އެބޭފުޅުންގެ މަސައްކަތްޕުޅުގައި ބަރަކާތްލެއްވުންއެދި ﷲގެ ޙަޒްރަތުގައި ދުޢާދަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އެބޭފުޅުންނަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކޮށްދެއްވުންއެދި ދުޢާދަންނަވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.