ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު އަޒްހާން ފަހުމީއަށް ހުށަހަޅުއްވާފައިވާ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުއަށް (ޤާނޫނު ނަންބަރު: 69/78) އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް، 54 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައި، އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލު ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 9 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިފަރާތަކަށް ވޯޓު ދެއްވަން ބޭނުންފުޅުނުވާ ކަމަށް 2 މެންބަރުން ވޯޓްދެއްވިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 16 ނޮވެމްބަރ 2016 ވަނަ ދުވަހު ބޭއްވުނު މިއަހަރުގެ ތިންވަނަ ދައުރުގެ 09 ވަނަ ޖަލްސާގައެވެ.