2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 7 ވަނަ ޖަލްސާގައި، 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާބެހޭ ބަހުސް ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން މިއަދުގެ ޖަލްސާގައި ޖުމްލަ 29 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ބަޖެޓްގެ ބަހުސް ކުރިއަށްގެންދިއުމަށްޓަކައި، ޖަލްސާ ހުސްވަގުތަށް ތަން ދެމުން ކުރިއަށް ގެންދިއުމަށް، ފާސްކުރައްވާފައިވަނީ 30 މެންބަރުންގެ އަޢުލަބިއްޔަތުންނެވެ. މިގޮތަށް ފާސްކުރުމަށް 10 މެންބަރުންވަނީ ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 15 ނޮވެންބަރ 2016 ވާ އަންގާރަވާދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.