މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކުރެއްވިކަން އިޢުލާންކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާގެ ދަށުން، މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކުރެއްވިކަން ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ދަނގެތި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްހާމް އަޙްމަދު ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ވަނީ ގުޅިވަޑައިގެންފައެވެ.
މިގޮތަށް އިޢުލާންކުރެއްވުމާއި ގުޅިގެން، މިހާރު މަޖިލީހުގެ ގޮނޑިތައް ބެހިފައިވާގޮތް ރިޔާސަތުން އިޢުލާން ކުރެއްވިއެވެ. މިގޮތުން، މިހާރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 48 އެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 22 އެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 7 އެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދަކީ 6 އެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ގޮތުގައި އެއް މެންބަރަކު މިހާރު މަޖިލީހުގެ ދަފްތަރުގައިވެއެވެ.

8 ޞަފަރު 1438
8 ނޮވެންބަރު 2016