ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ވަޒިފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް، މަޖިލީހުގެ ގަވާއިދު 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އިބްތިދާޢީ ބަހުސް ކުރިއަށް ގެންދިއުމަށް ފާހެއްނުވި

dsc76151މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފައިޞަލް ނަސީމް ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ  ބިލް، މަޖިލީހުގެ ގަވާއިދު 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނެގުނު ވޯޓުގައި، 21 މެންބަރުންގެ އަޢުލަބިއްޔަތުން އިބްތިދާޢީ ބަހުސް ކުރިއަށް ގެންދިއުމަށް ފެނިވަޑައިނުގަންނަވާ ފާސްކުރައްވައިފިއެވެ.

މި ދެ ބިލްގެ އިބްތިދާޢީ ބަހުސް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 7 މެންބަރުންނެވެ.

18 މުޙައްރަމް 1438

19 އޮކްޓޯބަރ 2016