2 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

17 އޮކްޓޯބަރ 2016، ގަޑި: 9:49

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފައިޞަލް ނަސީމް ހުށަހަޅުއްވާފައިވާ، ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިބިލު ތަކަކީ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

16 މުޙައްރަމް 1438

17 އޮކްޓޯބަރ 2016