ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ދެބޭފުޅުން ބައްދަލުކުރައްވައިފި

16 އޮކްޓޯބަރ 2016، ގަޑި: 13:57

_dsc1953ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ހިޒް އެކްސަލަންސީ މިއާން ރަޒާ ރައްބާނީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އުޚުވަތްތެރި ގާތް ގުޅުމުގެ މައްޗަށް ބައްލަވާ ލައްވަމުން މިގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ތަރައްގީ ކުރުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެގައުމުގެ ޤާނޫނުހަދާ މަޖިލިސް ބައިވެރިވާ ބައިނަލް އަގުވާމީ ޖަމްޢިއްޔާތަކުގައި އަދި ބައިނަލް އަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

_dsc1936-pano

 

 

 

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަންގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

15 މުޙައްރަމް 1438

16 އޮކްޓޯބަރ 2016