ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ރާއްޖެ ވަޑައިގެންފި

15 އޮކްޓޯބަރ 2016، ގަޑި: 23:41

image-0-02-06-5f83a8304ca14291f1a023bc42027f66dca8dc53ad1038b181839221b39c0d19-vރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ހިޒް އެކްސަލަންސީ މިއާން ރަޒާ ރައްބާނީ، ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއާއި މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި މަޖިލީހުގެ ބައެއް މެންބަރުންނެވެ.

ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަންގެ މި ދަތުރުފުޅުގައި، 16 އޮކްޓޯބަރުވާ އާދިއްތަދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުއާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

image-0-02-03-daf19fe36596fe9a640955ab1bddec513e6122b7c6ee0c8eae94a7be37a2a939-v

 

 

 

 

14 މުޙައްރަމް 1438

15 އޮކްޓޯބަރ 2016