އޮމާންގެ މަޖިލިސް އައްޝޫރާގެ ރައީސްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ދެބޭފުޅުން ބައްދަލުކުރައްވައިފި

_dsc8207ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އޮމާންގެ މަޖިލިސް އައްޝޫރާގެ ރައީސް (ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ޗެއާރމަން) ހިޒް އެކްސަލެންސީ ޚާލިދު ބިން ހިލާލް އަލް މަޢްވަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގާތް ގުޅުމުގެ މައްޗަށް ބައްލަވާ ލައްވަމުން މިގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދު ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
_dsc8278-panoމި ބައްދަލުކުރެއްވުމުގައި އޮމާންގެ ޝޫރާ ކައުންސިލްގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސްއާއި މެޖޯރިޓީ ލީޑަރުގެ އިތުރުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

25 ޛުލްޙިއްޖާ 1437
26 ސެޕްޓެމްބަރ 2016