ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރ މުޙައްމަދު ޢަބްދުލްކަރީމް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހެޅުއްވި ޤަރާރު މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.

މި ޤަރާރު ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށް 22 މެންބަރުން ވޯޓުދެއްވާފައިވާއިރު، ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާކަމަށް 31 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އަދި ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް އެއް މެންބަރަކު ވޯޓްދެއްވާފައިވެއެވެ.

މިޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 7 ޖޫން 2016 ގައި ބޭއްވުނު، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

15 ރަމަޟާން 1437

20 ޖޫން 2016