ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 3 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިބިލު ތަކަކީ، ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2002/1) އަށް އިޞްލާޙު ގެނައުމުގެ ބިލު، މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަމީތު އަޙްމަދުމަނިކު ހުށަހަޅުއްވާފައިވާ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ވިލިމާލެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ  ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

15 ރަމަޟާން 1437

20 ޖޫން 2016