ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ފާހެއްނުވި

_DSC5692މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 261 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު ނުލިބުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 85 (މ) ވަނަ މާއްދާގައިވާގޮތުގެ މަތިން ބާތިލްވެއްޖެއެވެ.

މި ބިލް ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް 44 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ. އަދި ފެނިވަޑައިނުގަންނަވާ ކަމަށް 22 މެންބަރުން ވޯޓިދެއްވާފައެވެ.

މިއަދުގެ ޖަލްސާގައި، މި ބިލު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ރިޒާއެވެ.

މިބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. އަދި، 25 ނޮވެންބަރު 2015 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައިވަނީ، ދިރާސާކުރެއްވުމަށް ބިލު އަނބުރާ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

11 ރަޖަބު 1437

18 އޭޕްރީލް 2016