މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް 6 މެންބަރުން ޢައްޔަންކުރެއްވުމަށް ފާސްކުރައްވައިފި

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2010/16) ގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓުގައިވާ ނަންފުޅުތަކުގެ ތެރެއިން 6 ނަންފުޅެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

އަލްފާޟިލް މުޙައްމަދު ޝަހީބު، ކ. މާލެ، ހ. ރީތިގަސްދޮށުގެ ނަން ފާސްވެފައިވަނީ 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 7 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 3 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަލްފާޟިލާ ޒީނާ ޒާހިރު/ ގދ. ގައްދޫ، އަތިރީގެ ނަން ފާސްވެފައިވަނީ 50 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 10 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 6 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަލްފާޟިލާ އާމިނަތު ޞަރާޙަތު ޢިއްޒަތު، ކ. މާލެ، ގ.ގޮފި ނަން ފާސްވެފައިވަނީ 58 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 5 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަލްފާޟިލާ ފާޠިމަތު ޒައިނާ، ކ. ދިއްފުށި/ހުވަނދުމާގެ ނަން ފާސްވެފައިވަނީ 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 10 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 4 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަލްފާޟިލް އިޞްމާޢިލް ޞަފްވާން/ ޅ. ހިންނަވަރު، ފަހަލަގެ ނަން ފާސްވެފައިވަނީ 54 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް 3 މެންބަރަކު ވޯޓް ދެއްވާފައިވާއިރު 8 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަލްފާޟިލް ޙަސަން ނަބާޙް/ ކ. މާލެ، ވ. ވެރޯނިކާގެ ނަން ފާސްވެފައިވަނީ 55 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ނަންފުޅަށް ފެނިވަޑައިނުގަންނަވާކަމަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވާއިރު 8 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން މިރިޕޯޓް ހުށަހަޅުއްވާފައިވަނީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ސަލީމްއެވެ.  މިމައްސަލައަށް 3 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

26 ޖުމާދަލްއާޚިރާ 1437

4 އޭޕްރީލް 2016