ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ. އެއީ ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/1) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/5) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

21 ޖުމާދަލްއާޚިރާ 1437
30 މާރިޗު 2016