ޤާނޫނު ނަމްބަރ 2010/9 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުއަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްޕުޅުތަކުން އެކަމަށް އެދިވަޑައިގެން ސިޓީ ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާން އަށް އިޖާބަދެއްވައި 26 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ.
މިބޭފުޅުންގެ ނަންފުޅުތައް ޤާނޫނުގައިވާ ގޮތުގެ މަތިން ދިރާސާކުރެއްވުމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މަޖިލީހުގެ ރައީސް މިއަދު ފޮނުއްވައިފިއެވެ.