ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ، އަނބުރާ ގެންދަވައިފި

8 މާރިޗު 2016 ގައި ރައްޔިތުންގެ މަޖިލީހުގެ 19 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދެވުމަށް 24 މާރިޗު 2016 ގައި 19 މެންބަރުންނާއި އަދި އިތުރު 2 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާތީ އެމައްސަލަ އަނބުރާ ގެންދުވުނުކަމަށް، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ރިއާސަތުން އިޢުލާން ކުރައްވައިފިއެވެ.

19 ޖުމާދަލްއާޚިރާ 1437
28 މާރިޗު 2016