ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/27) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތުން، ސ.ފޭދޫ/ކަރަންކާވިލާ އަލްފާޟިލް އަޙްމަދު އަމީންގެ ނަންފުޅު ފާސްކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 58 މެންބަރުން އިއްތިފާޤުން ވޯޓްދެއްވާފައިވެއެވެ.

މިކަމާއި ގުޅޭ ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ދެއްވީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ މުޤައްރިރު ފޮނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ސަލީމްއެވެ.

27 ޖުމާދަލްއޫލާ 1437

7 މާރިޗު 2016