ދެ ބިލާއި ޤަރާރެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ދެ ބިލަކާއި ޤަރާރެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިއަދުގެ ޖަލްސާގައި، ފުރަތަމަ ކިޔުން އިއްވަވާފައިވާ ދެ ބިލަކީ، ސަރުކާރުގެ ފަރާތުން، ގެމަނަފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޖަމީލް އުޘްމާން ހުށަހަޅުއްވާފައިވާ، ޕާޓްނަރޝިޕްގެ ޤާނޫނު (ޤާނޫނު ނަންބަރު 2011/13) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ ޢިއްޒަތްރެރި މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/32) އަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މީގެއިތުރުން، މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވަވާފައިވެއެވެ.

13 ޖުމާދަލްއޫލާ 1437

22 ފެބުރުވަރީ 2016