މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމުގެ ދަށުން މިއަދު 25 ޖުލައި 2010 ގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ މެދުގައި މަޖިލިސްކުރާގޭގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރައްވައެވެ. އަދި މަޖިލީހުގެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށާއި ޢާއްމުކޮށް ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިމާވެފައިވާ ކަންތައްތަކާ ކުރިމަތިލުމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްބަސްވެވޭ ގޮތްތަކެއް ހޯދުމުގައި ސާބިތުވެ ކުރިއަށް ވަޑައިގެންދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޔަޤީން ކުރައްވައެވެ.

މިއަދުގެ ބައްދަލުވުމާބެހޭ އިތުރު އެއްވެސް ތަފްޞީލެއް މަޖިލީހުގެ އިދާރާއިން ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.