7 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، 7 ބިލެއްގެ ފުރަތަމަ ކިޔުން އިއްވަވައިފިއެވެ.

މިބިލުތަކަކީ، ސަރުކާރުގެ ފަރާތުން، މާފަންނުމެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ، ޖެންޑަރ އިކުއަލިޓީގެ ބިލާއި، ގަމު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފައްޔާޟް އިސްމާޢީލް ހުށަހަޅުއްވާފައިވާ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2009/9)، އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، އިސްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންކަން ޙިމާޔަތް ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 94/6 ) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، ފުވައްމުލަކު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ޝާހް ހުށަހަޅުއްވާފައިވާ، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އަދި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ރިޔާޟް ރަޝީދު ހުށަހަޅުއްވާފައިވާ، ޕޭމަންޓް ސިސްޓަމް ބިލެވެ.

 

6 ޖުމާދަލްއޫލާ 1437

15 ފެބުރުއަރީ 2016