ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ، ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން ހިތަދޫ މެދު ދާއިރާގެ އިޢްޒަތްތެރި މެންބަރު އިބްރާހީމް މުޙައްމަދު ދީދީ ހުށަހަޅުއްވާފައިވާ، އެމް.އެމް.ޕީ.އާރު.ސީގެ 1.22 ބިލިޔަން ރުފިޔާގެ ޚިޔާނަތުގެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވިއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލަ ބަލައިގަތުމަށް 22 މެންބަރުން ވޯޓުދެއްވާފައިވެއެވެ. މި މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 26 މެންބަރުންނެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުއަރީ 2016