ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއަރޒް ހިޒްއެކްސެލެންސީ މިސްޓަރ ރޮބަރޓް ބްލޭކް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ މިއަދު ބައްދަލުކުރައްްވައިފި (22.7.2010)

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއަރޒް ހިޒްއެކްސެލެންސީ މިސްޓަރ ރޮބަރޓް ބްލޭކް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިވަގުތު ދިމާވެފައިވާ ހަލަބޮލި ކަމާއި ބެހޭގޮތުންނާއި މަސްރަހު ފިނިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޖިލީހުގެ ރައީސްއާއި މަޝްވަރާކުރެއްވެވިއެވެ. އަދި މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މިމައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުން ވަރަށް މުހިންމު ކަމުގައި ރޮބަރޓް ބްލޭކް އަރިހުގައި ދެންނެވިއެވެ.