ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވައިފި

_DSC6511

 

 

 

 

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ޗެން ޖިއާއުގުއަންގް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދައުވަތަކަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޗެން ޖިއާއުގުއަންގްއަށް މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ނިހާން ހުސެން މަނިކް އާއި ޕީ.ޕީ.އެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ވިލުފުށި ދާއިރާގެ އިއްޒަތްތެރި މެންބަރު ރިޔާޒް ރަޝީދާއި އެމް.ޑީ.އޭގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ މައުރޫފް، އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ކެޔޮދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މޫސާ ނިޒާރު އިބްރާހީމެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޢަމީން ޢާންމު އަޙްމަދު މުޙައްމަދު އާއި އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

_DSC6488

 

 

 

 

15 ޞަފަރު 1437

27 ނޮވެމްބަރ 2014