އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު، ފާސްކުރައްވައިފި

_DSC5596-Panoމިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހުށަހަޅުއްވާފައިވާ، އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު،     58 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު، 7 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވީ އެކޮމިޓީގެ މުޤައްރިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އެވެ. މި ބިލުގެ ރިޕޯޓަށް 5 މެންބަރުން ވާހަކަދެއްކެވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 18 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ. އަދި ބިލު، މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި 7 މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުއްވާފައިވަނީ 22 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.

13 ޞަފަރު 1437

25 ނޮވެންބަރު 2015