ޕްރޮސިކިއުޓަރ ޖެނެރަލްކަމަށް، ގ. ސައިމާ/ އަލްއުސްތާޛާ ޢާއިޝަތު ބިސާމްގެ ނަންފުޅަށް ރުހުން ދެއްވައިފި

_DSC3363-Panoމިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/9) ގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ގ. ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިސާމްގެ ނަންފުޅަށް ރުހުން ދެއްވައިފިއެވެ.
ރުހުން ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 64 މެންބަރުންނެވެ. ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 4 މެންބަރުން ވޯޓް ދެއްވާފައިވާއިރު އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށް ބޭފުޅަކު ޢައްޔަނުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންފުޅު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެގޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ މެންބަރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ. ކޮމިޓީ ރިޕޯޓަށް ކަނޑައެޅުއްވާފައިވާ ބަހުސް ވަގުތުގައި 3 މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

11 ޞަފަރު 1437
23 ނޮވެންބަރ 2015