މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފި

_DSC5692މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެނަބރު ޢަލީ މުޙައްމަދު ހުށަހަޅުއްވާފައިވާ،  މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2011/17) އަށް އިޞްލާޙު ގެނައުމުގެ ބިލު 62 މެންބަރުން އިއްތިފާގުން މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުޙަލާގައި 27 މެންބަރުން ވާހަކަދެއްކެވިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 2 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 8 ވަނަ ޖަލްސާގައެވެ.

27 މުޙައްރަމް 1437

9 ނޮވެންބަރު 2015