ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2015/27)ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތުން، ގ.އަތަ / އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދުގެ ނަންފުޅު ފާސްކުރެއްވުމަށް 63 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

ސ.މީދޫ، ހަސަންކާރީގެ/އަލްފާޟިލް މުޙައްމަދު ފަރުޙާދުގެ ނަންފުޅު ފާސްކުރެއްވުމަށް 62 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. 2 މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

ހދ.ނެއްލައިދޫ، ދިލްސާދު / އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲގެ ނަންފުޅު ފާސްކުރެއްވުމަށް 63 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.  އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

އަދި، ބ.އޭދަފުށި،ގުލިސްތާނުގެ / އަލްއުސްތާޛު ޙައްސާނު ޙަމީދުގެ ނަންފުޅު ފާސްކުރެއްވުމަށް 62 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޯބަރ 2015