ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 120 ވަނަ މާއްދާ އިޞްލާޙުކުރެއްވުމަށް އެދި ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 120 ވަނަ މާއްދާ އިޞްލާޙުކުރެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު ޢާންމު ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތަށް 52 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިމައްސަލަ ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 12 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޯބަރ 2015