ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު ހ. މެރިންވިއު، ޑރ. ޢަލީ ޝަމީމް ހަމަޖެއްސެވުމަށާއި، ނައިބު ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު ހ. ވައިޓްޑަޔަމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ހަމަޖެއްސުވުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު 2007/5) ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު ހ. މެރިންވިއު، ޑޮކްޓަރ ޢަލީ ޝަމީމް ހަމަޖެއްސެވުމަށާއި، ނައިބު ރައީސް ކަމަށް އެ ކޮމިޝަނުގެ މެންބަރު ހ. ވައިޓްޑަޔަމަންޑް، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ހަމަޖެއްސުވުމަށް ފާސްކުރައްވައިފިއެވެ. މިގޮތުން، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް ހުށަހެޅުނު ނަންފުޅު ފާސްވެފައިވަނީ 61 މެންބަރުންގެ އިއްތިފާގުންނެވެ. އެއް މެންބަރަކުވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ. އަދި، ނައިބު ރައީސް ކަމަށް ހުށަހެޅުނު ނަންފުޅު ފާސްވެފައިވަނީ 62 މެންބަރުންގެ އިއްތިފާގުންނެވެ.

9 ޛުލްޤައިދާ 1436

24 އޯގަސްޓް 2015