އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިލު މަޖިލީހުން ބަލައިނުގަތުމަށް ފާސްކުރައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި، ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު ހުށަހަޅުއްވާފައިވާ، އަސާސީ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށް 40 މެންބަރުން ވޯޓް ދެއްވައިފިއެވެ. މި ބިލު ބަލައިގަތުމަށް ވޯޓްދެއްވީ 24 މެންބަރުންނެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 29 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.