ފަރަންސޭސިވިލާތުގެ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މިސްޓަރ ޖީން މެރިން ޝޫ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
_DSC8362ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުވާލެއްވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ. ފަރަންސޭސިވިލާތުގެ ސަފީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެޤައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް އަލްފާޟިލް އިސްމާޢީލް ވާފިރެވެ.

6 ޝައްވާލް 1436
22 ޖުލައި 2015

_DSC8365