ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ގެނެވުނު އެއް އިޞްލާޙާއެކު ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) އިޞްލާޙުކުރުމަށާއި، 75 ވަނަ މާއްދާގެ (ށ) ފަހަތަށް އަކުރެއް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ގެނެވުނު އެއް އިޞްލާޙާއެކު   56 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މި މައްސަލަ، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 24 މެންބަރުންގެ ވޯޓްދެއްވާފައިވެއެވެ. ޢާންމު ކޮމިޓީން މިރިޕޯޓް ހުށަހަޅުއްވާފައިވަނީ އެކޮމިޓީގެ މުޤައްރިރު ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ.

5 ޝައްވާލް 1436

21 ޖުލައި 2015