ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (އ) އިޞްލާޙުކުރުމަށާއި، 171 ވަނަ މާއްދާގެ ފަހަތަށް 171-1 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ އިޞްލާޙު، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 50 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
މި މައްސަލަ، ބަލައިގަންނަން ފެނިވަޑައިނުގަންނަވާކަމަށް 21 މެންބަރުންގެ ވޯޓްދެއްވާފައިވެއެވެ. ޢާންމު ކޮމިޓީން މިރިޕޯޓް ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުއެވެ.
މިމައްސަލައަށް އެއް މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

4 ޝައްވާލް 1436
20 ޖުލައި 2015