އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 2008/11) އަށް އިޞްލާޙު ގެނައުމުގެ ބިލު، އަނބުރާ ގެންދަވައިފިއެވެ.

މިއަދުގެ ޖަލްސާގައިވަނީ، މި ބިލުގެ އިބްތިދާޢީ ބަޙުސް މަރުޙަލާގައި ޖުމްލަ 13 މެންބަރުން ވާހަކަދައްކަވާފައެވެ. އަދި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 30 ޖޫން 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާގައެވެ.