މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ގ. ގޮއްކިރި، އަލްފާޟިލް މުޙައްމަދު ފަހުމީ ޙަސަން ޢައްޔަނުކުރުމަށް މަޝްވަރާއެރުވުމަށް މަޖިލީހުން ފާސްކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި މެލޭޝިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، ގ. ގޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ޢައްޔަނުކުރުމަށް މަޝްވަރާއެރުވުމަށް 41 މެންބަރުންގެ އަޢުލަބިއްޔަތުން މަޖިލީހުން ފާސްކުރައްވައިފިއެވެ.
މިގޮތަށް، ފެނިވަޑައިނުގަންނަވާކަމަށް 13 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. އެއް މެންބަރަކު ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.
މި ނަންފުޅު ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅައިދެއްވީ އެ ކޮމިޓީގެ މެންބަރު ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް ޢުޘްމާނެވެ.

19 ރަމަޟާން 1436
6 ޖުލައި 2015